މެލޭޝިޔާގައި ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ވެލެންސިއާ ވެޓަރަންސް ޓީމު ރޭ ފުރައިފި އެވެ.

ކުރިއަށް އޮތް ހަފުތާ ބަންދުގައި މެލޭޝިއާގެ ވެރިރަށް ކުއާލަލަންޕޫރްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރަނީ 40 އަހަރުން މައްޗާއި 50 އަހަރުން މަތީގެ ޓީމުތަކެވެ. އެގޮތުން ވެލެންސިއާގެ 50 އަހަރާއި 40 އަހަރުން މަތީގެ ޓީމެއްވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގައި ބައިވެރިވާ ވެލެންސިއާ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ ތެރޭގައި މޫސާ މަނިކު (ކުޑަމޫސަ) އާއި އައްސަދު އަބުދުލްގަނީ އާއި މުހައްމަދު ހަލީމް (ޖަޑާ) އާއި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އާއި އިސްމާއީލް އަނިލް އާއި ކީޕަރު އަސްލަމް އަބުދުއްރަހީމް ހިމެނެއެވެ.

ޖުމްލަ 52 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ހިމެނޭ ޓީމްތަކުގެ ތެރޭގައި އިންޑޮނޭޝިއާ، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ހިމެނެއެވެ.