އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ޓީއެފްޖީ ލޯންގް ރަންގެ ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ޓީއެފްޖީ ލޯންގް ރަންގެ މެއިން އަދި އެކްސްކްލޫސިވް ޕާޓްނަރެއްގެ ގޮތުން ބައިވެރިވީ ކޮކާކޯލާ އެވެ. އެހެންވެ މި ފަހަރުގެ ރޭސް ވެސް ކުރިއަށްދާނީ "ކޮކާކޯލާ ލޯންގް ރަން" ގެ ނަމުގައި ކަމަށް ޓީއެފްޖީއިން މައުލޫމާތުދެ އެވެ.