ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެތީވެ މިއަދު ހެނދުނު 7:45 އިން ފެށިގެން ހެނދުނު 11:45 އަށް ކަމަށެވެ.

އެވަގުތު ފަހުން ވެސް މޫސުން ގޯސްކޮށް އުޅޭނަމަ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އެ އިދާރާއިން ދެމުން ގެންދާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ޔެލޯ އެލާޓަކީ މޫސުމާ ގުޅޭ ކާރިސާގެ ހާލަތުގައި ކަންކަން ނުރައްކާވެގެން ދިއުމުން ދެވަނަ އަށް އެންމެ މަތިން ނެރޭ އިންޒާރުގެ އެލާޓެވެ.