މެލޭޝިއާގައި އިއްޔެ ފެށި ބައިނަލްއަގްވާމީ ވޮލީބޯޅަ މުބާރާތެއްގައި ވާދަކުރަން ގައުމީ ވޮލީ ޓީމް ރޭ ފުރައިފި އެވެ.
އިއްޔެ އިން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ވާދަކުރަން ފުރި ގައުމީ ވޮލީ ޓީމުގައި ހިމެނެނީ ޖުމްލަ 12 ކުޅުންތެރިންނެވެ. އަދި ޓީމުގެ ކެޕްޓަނަކަށް މިފަހަރު ހަމަޖައްސާފައި ވަނީ އިސްމާއީލް ސާޖިދެވެ. އަދި ކޯޗަކީ ތައިލެންޑުގެ ސުންޓޮން ފޮސީޓާއެވެ.
މިމުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރޭގައި މެލޭޝިއާ އާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސްރީލަންކާ އާއި ހޮންކޮން އާއި ތައިލެންޑް އަދި ސިންގަޕޯ އެވެ.
ރާއްޖޭގެ ފިރިހެން ވޮލީ ޓީމްވަނީ ބޭރުގެ މުބާރާތްތަކުގައި ފަހަކަށް އައިސް ރަނގަޅު ނަތީޖާ ތަކެއް ނެރެފައެވެ