ދުނިޔޭގައި މިހާތަނަށް ހަދާ ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓް ކަނޑު އަޑިއަށް ފެއްތުމުގެ މަސައްކަތް ރާއްޖޭގައި އަލަށް ތަރައްގީ ކުރާ ރިސޯޓެއް ކަމަށްވާ ޅ. ހުރުވަޅީގައި މިއަދު ހެނދުނު ފަށައިފި އެވެ.

ނިއުޒިލޭންޑްގެ ކުންފުންޏަކުން އުފައްދާފައިވާ، ބަރުދަނުގައި 410 ޓަނު ހުރި އަދި 22.5 މީޓަރު ދިގުމިނުގެ މި ރެސްޓޯރަންޓް ނިއުޒީލެންޑުން ހުރަވަޅި އަށް ގެނައީ ގްލޯބަލް ޝިޕިން އެންޑް ލޮޖިސްޓިކްސްގެ "ފެއާ ލޭން" ކިޔާ ބޮޑު ބޯޓެއްގަ އެވެ.