މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ރޭންކިން މެޗުން ގައުމީ ފިރިހެން ޓީމު މޯލްޓާ އަތުން މޮޅުވެއްޖެ އެވެ.

ރާއްޖެ މޮޅުވީ 3-1 ގޭމުންނެވެ. ރާއްޖޭގެ މޫސާ މުންސިފް އަހުމަދު ދެ މެޗުން މޮޅުވިއިރު އަނެއް މެޗު ކާމިޔާބުކުރީ މުހައްމަދު ޒީސްތު ނަސީމެވެ.

މެލޭޝިއާގެ ކުއާލަލަމްޕޫރުގައި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ފިރިހެން ޓީމު މިހާރު ވަނީ ކަޓައިފަ އެވެ. އަދި ރާއްޖޭގެ ފިރިހެން ޓީމުގެ އިތުރުން އަންހެން ޓީމް ވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓާއިފައެވެ. އަދި ރާއްޖޭގެ ފިރިހެން ޓީމުގައި ތިން ކުޅުންތެރިން ހިމެނޭއިރު އަންހެން ޓީމުގައި ވެސް ހިމެނެނީ ތިން ކުޅުންތެރިންނެވެ.

ރޭންކިން ބުރުގައި ރާއްޖެ ފިރިހެން ޓީމް ދެން ކުޅޭ އަނެއް މެޗުގައި ބައްދަލުކުރާނީ މޮރޮކޯ އާއި ކޮސޯވޯ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އަދި އަންހެން ޓީމު ރޭންކިން މެޗުގައި މިއަދު ބައްދަލުކުރާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ.

މިމުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމް 110 ވަނައިގައި ރޭންކް ކޮށްފައިވާއިރު އަންހެން ޓީމް ރޭންކް ކޮށްފައިވަނީ 87 ވަނައިގައެވެ.