އެންމެ ޒުވާން ބިލިއަނަރުގެ މަގާމު ނޯވޭގެ އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކަށް ލިބިއްޖެ އެވެ.

ދުނިޔޭގެ މުއްސަނދިންގެ މައުލޫމާތު ހާމަކުރަމުން ގެންދާ ފޯބްސް މަޖައްލާއިން ބުނީ ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރަކީ ދާދި ފަހުން ގްރެޖުއޭޓްވި އެލެގްޒެންދްރާ އެންޑްރެސެން ކަމަށެެވެ.

ފޯބްސް އިން ބުނީ އޭނާގެ ބައްޕަ ފަރާތުން ލިބުނު މުއްސަނދި ކަމާ ގުޅިގެން މިއަންހެން މީހާގެ މިލްކިއްޔާތުގައި 1.2 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.