އިސްކަންދަރު ސްކޫލާއި، ތާޖުއްދީން ސްކޫލް ބައްދަލުކުރާ މެޗުން 14 އަހަރުން ދަށުގެ މައިލޯ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށަން ނިންމައިފި އެވެ.

އިސްކަންދަރު ސްކޫލާއި، ތާޖުއްދީން ސްކޫލް ބައްދަލުކުރާ މެޗް އޮންނާނީ މިއަދު ހަވީރު 4:00 ގައި ހެންވޭރު ދަނޑުގައެވެ.

އެފްއޭއެމްއިން ބުނީ، މިމުބާރާޓުގެ 14 އަހަރުން ދަށުގެ ބައިގައި ޖުމްލަ 10 ޓީމް ވާދަކުރާ ކަމަށެވެ. އަދި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އަދި ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ދެ ޓީމެއް ސެމީފައިނަލަށް ދަތުރުކުރާނެ ކަމަށް އެފްއޭއެމްއިން މައުލޫމާތު ދެއެވެ.

މިމުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މިހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ .