ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގަތުން އެކޮމިޝަންގެ މެންބަރު މުހައްމަދު އީސާފުޅު ހުއްޓާލައްވައިފި އެވެ.

އީސާފުޅު ޖޭއެސްސީއަށް އައްޔަންކުރީ ދަށު ކޯޓުތައް ތަމްސީލް ކުރާ ފަނޑިޔާރުގެ ގޮތުގައި 28 އޮގަސްޓް 2014 ގައެވެ.

ދަށު ކޯޓްތަކުން ޖޭއެސްސީއަށް މެންބަރަކު ކަނޑައެޅުމަށް ބޭއްވުނު އިންތިހާބުގައި އިތުރު ތިން ކެންޑިޑޭޓުންނާ ވާދަކުރައްވާ އީސާފުޅު ޖޭއެސްސީގެ މެންބަރު ކަމަށް ހޮވުނީ 84 ވޯޓުންނެވެ.