ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން އަގޯޑާ ޑޮޓް ކޮމް އިން ހަދާ ބުކިންތަކަށް ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

އަގޯޑާއަކީ އޭޝިއާ ސަރަހައްދުގައި އެންމެ ކުރީގައި އުޅޭ ބުކިން ސައިޓެވެ.

ބީއެމްއެލް އިން ބުނީ އެބޭންކުގެ އެމެރިކަން އެކްސްޕްރެސް ގްރީން ކާޑުތަކަށް 6 އިންސައްތަ އަދި އެމެރިކަން އެކްސްޕްރެސް ގޯލްޑް ކާޑުތަކަށް 7 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 25 ޖެނުއަރީ 2017 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބުކިން ހަދާ މީހުން 31 މާޗު 2017 ގެ ކުރިން ހޮޓާ ބޭނުންކުރަން ޖެހެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓު ލިބޭނީ www.agoda.com/bmlamex މި ލިންކު ބޭނުންކޮށްގެން ހަދާ ބުކިންތަކަށް އެކަނި ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ މިފަދަ ޕްރޮމޯޝަންތަކުގެ ސަބަބުން ކަސްޓަމަރުން ކާޑު ބޭނުންކުރުން އިތުރުވާނެ ކަމަށެވެ.