ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކޮންމެ ދުވަހަކު އެންމެފަހުގެ ސްމާޓްފޯނެއް ލިބޭ ޕްރޮމޯޝަންގެ އެންމެފަހު ހަފްތާގެނަސީބުވެރިންނަށް ފޯންތައް ހަވާލުކޮށްފި އެވެ.
ވޭތުވެދިޔަ ހަފްތާގެ ނަސީބުވެރިންނާއި ފޯނުތައް ހަވާލުކުރެވިފައިވަނީ މިރޭ ދިރާގު ހެޑްއޮފީހުގައި އެކަމަށްޓަކައި ހާއްސަ ކުރެވިގެން ބޭއްވުނު ހަފްލާއެއްގައެވެ. އެހެނިހެން ހަފްތާތަކާއި ހިލާފަށް މިރޭ މި ހަފްލާ ދިރާގުން ބާއްވާފައިވަނީ ކުލަގަދަ ގޮތަކަށެވެ.
ދިރާގުން ބުނީ، ހަ ވަަނަ ހަފްތާގެ ނަސީބުވެރިންނަށް ހޮވުނު 12 ފަރާތަކީ އދ. ފެންފުށި އަަސަރީގެ އަބޫބަކުރު އަބްދުލް ކަރީމް އާއި ޏ. ފުވައްމުލަކު މަލަސް އަލްމާސް އަހުމަދާއި ކ. މާލެ މ. ހިޓާދޮށުގެ އައްބާސް މުހައްމަދާއި ގދ. ދާންދޫ ޒީނިޔާ މުނައްވަރު އަބްދުﷲ އާއި ހދ. ކުޅުދުއްފުށި ހިތިގަސްދޯސުގެ ބަދީއު ޒަކަރިއްޔާ އާއި ހދ. ނޮޅިވަރަމް ވިލާ އަލީ ރަޝީދު އާއި ހދ. ނޮޅިވަރަން އޮއިވަރު މުހައްމަދު އިބްރާހިމް އާއި ޅ.ހިންނަވަރު ފާލަންދޮށުގެ ފާތިމަތު މުނައިފާ މުހައްމަދު އާއި ކ. މާލެ މ. މިސްޓް އަހުމަދު މުހައްމަދާއި ށ. ފޯކާދޫ ނަލަގެ މުހައްމަދު ވަލީދު އާއި ކ. މާލެ ހ. ގޯލްޑަން ވިލެޖް އަސްރާ އަބްދުލް ލަތީފުއަދި މއ. ކެކުރިއައިމިނަތު ސުވޭދާ އެވެ.
ދިރާގުގެ ފަރާތުން ފޯންތައް ހަވާލުކޮށްދީފައިވަނީ، އެކުންފުނީގެ ޑިރެކްޓަރ އިންޓަރ ނޭޝަނަލް ލީގަލް އެންޑް ރެގިއުލޭޓަރީ، އާތިފާ އަލީ އާއި މެނޭޖަރ ހިއުމަން ރިސޯސަސް، އަހުމަދު އިބްރާހިމް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލެވެ.
ދިރާގުން މި ޕްރޮމޯޝަން ކުރިޔަށް ގެންގޮސްފައިވަނީ ޖެނުއަރީ 11 އިން ފެށިގެން 29 ފެބްރުއަރީ ގެ ނިޔަލަށެވެ. ދިރާގުގެޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ގޮތުގައި މިހާރު ތިއްބެވި ފަރާތްތަކުގެ އިތުރުން، ޕްރޮމޯޝަންގެ ދުވަސްވަރުއަލަށް ޕޯސްޓްޕެއިޑް ނެންގެވި ފަރާތްތަށްވެސް، ކޮންމެ ދުވަހަކު ނެގުނު މި ގުރުއަތުގައި ވަނީ ބައިވެރިކުރެވިފައެވެ. އެގޮތުން ޖުމްލަ 50 ކަސްޓަމަރަކަށް މި ޕްރޮމޯޝަންގައި ފޯނު ލިބިފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުން ބުނީ، ކޮންމެ ދުވަހެއްގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށް، މިހާރު ބާޒާރުގައި ހުރި އެންމެފަހުގެ ސްމާޓްފޯންތައް ކަމަށްވާ އެޕަލް އައިފޯން 6އެސް، އެޕަލް އައިފޯން 6އެސް ޕްލަސް، ސެމްސަންގް ގެލެކްސީ އެސް6 އެޖް، ނުވަތަ ސެމްސަންގް ގެލެކްސީ އެސް6 އެޖް ޕްލަސްގެ ފޯނެއް ލިބިފައިވާ ކަމަށެވެ.
މިއީ ދިރާގުން އާއަހަރާއި ގުޅުވައިގެން، ހަމައެކަނި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނަކަށް ވީކަމުގައިވިޔަސް، މިފަދަ އެހެނިހެން ހަރަކާތްތައް ދިރާގުގެ އެހެން ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށްވެސް މިއަހަރުގެ ތެރޭގައި ކުރިޔަށްގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.