ގއ. މާމެންދޫ ފުއްޓަރު ފަރާތަށް ކަނޑަށް އެރި އަމިއްލައަށް މަރުވާން އުޅުނު ފިރިހެނަކު ސަލާމަތް ކޮށްފި އެވެ.

ފުލުހުން ބުނީ މި ޙާދިސާ ގައި ސަލާމަތް ކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ، އިއްޔެ މެންދުރުފަހު ހިނގި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު މާމެންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރި މަސައްކަތުން އޭނާ ސަލާތް ކޮށްފައި ވަނީ އިއްޔެ 15:00 ހާއިރު ކަމަށެވެ. އަދި މިޙާދިސާގައި އޭނާގެ އަތަށް އަނިޔާ ލިބިފައި ހުރުމާއެކު ވިލިނގިލީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ޑޮކްޓަރުގެ ލަފާގެމަތިން އެއަތޮޅު ތިނަދޫ ހޮސްޕިޓަލަށް އޭނާ ބަދަލު ކުރިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ އޭނާގެ ޙާލު ސީރިއަސް ނޫންކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.