މީހެއްގެ ފޯން ފޭރިގަނެފައިވާ ދެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި މި ދެ މީހުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ފެންނަ ވީޑިއޯ އެއް ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަން އެ ވީޑިއޯ އިން އެއްވެސް ވަރަކަށް ސާފެއް ނޫނެވެ.

ފުލުހުން އެ ދެ މީހުންނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ 10:25 ހާއިރު ގަލޮޅު ރަތްވިލާ ގޯޅިއާއި ފާށަނާ ކިލެގެ މަގު ގުޅުނު ކަންމަތީގައި މަޑުކޮށްލައިގެން އިން މީހެއްގެ ފޯނު ފޭރިގެންފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދައި ނުފެނިފައިވާ ދެ މީހުން ކަމަށެވެ.

މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކުރައްވާ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.