ނައިބް ރައީސްކަމަށް ބޭފުޅަކު އައްޔަންކުރުން ފަސްވެއްޖެ ކަމަށާ އެކަން ލަސްވެގެންދަނީ ކުރިމަތިވި ބޮޑެތި މައްސަލަތަކަކާއި ގުޅިގެން ކަމަށް ޕީޕީއެމްގެ ބައެއް މަޖިލީސް މެންބަރުން ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ މަޖިލިސް ޕްރޮގްރާމް ބޮޑު ފެންޑާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ދާންދޫ ދާއިރާގެ މެންބަރު އަޙްމަދު އައްސަދު ވިދާޅުވީ ނައިބް ރައީސަކު އައްޔަންކުރުން ފަސްވެއްޖެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ނަމަވެސް އެހެންވީ ދޭތެރެދޭތެރެއިން ސަރުކާރަށް ކުރިމަތިކުރުވަމުންދާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އައްސަދު ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ގަބޫލްކުރަން ނާއިބް ރައީސަކު އައްޔަންކުރުން ފަސްވެއްޖެކަމަށް. ނަމަވެސް ހަގީގަތަކީ ކޮންމެ ތިން މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް ކޮންމެވެސް ކަންތައްތަކަކާއި ރައީސަށް އެބަކުރިމަތިލާންޖެހޭ. މިއީކަމަށް ހަގީގަތުގައި މިކަން ލަސްވަމުންދާ ސަބަބަކީ" އައްސަދު ވިދާޅުވި އެވެ.