އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަސްވަނަ އެކްސްޓްރާ އޯޑިނަރީ ސަމިޓް ކޮންފަރެންސް އޮފް ޕަލަސްޓައިން ގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ފުރާވަޑައިގެންފި އެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ އިންޑޮނީޝީއާ އަށް މިނިސްޓަރު ފުރާވަޑައިގެންނެވީ މިއަދު އެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވާ ވަފުދުގެ އެންމެ އިސްވެރިޔަކަށް މިނިސްޓަރު ޒިޔާދު ހުންނަވާއިރު މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އިސްލާމިކް މިނިސްޓްރީގެ ސީނައާ ޕޮލިސީ އެގްޒެކެޓިވް ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ބާއްވާ މި ސަމިޓް އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެވެ.