އައްޑޫ ސިޓީގައި ކާރު ޑްރައިވަރަކަށް ހަމަލާދީ ޑްރައިވަރުގެ ގައިގައި ދަތްއަޅައި ޒަހަމްކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު އައްޑޫ ސިޓީން ހައްޔަރުކޮށްފިއެވެ.

މިމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޢުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އައްޑޫ ސިޓީ ހިތަދޫގައި ކާރު ޑްރައިވަރެއްގެ އަތުގައާއި ބޮލުގައި ދަތްއަޅައި ޒަޚަމްކުރިމަކުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 2016 މާޗް 4 ވަނަދުވަހުގެރޭ 23:00 ހާއިރު އެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ހަތިޔާރުން ބިރުދައްކައިގެން ފޭރުމާއި މަސްތުވާ ތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.