އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ކަޔާ އެފްސީއާ ދެކޮޅަށް ކުޅުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޕިލިޕީންސްއަށް ފުރައިފި އެވެ.

މިމެޗް ކުޅޭނީ އަންގާރަ ދުވަހު އެވެ. މި މެޗަށް ނުކުންނައިރު ނިއު މިވަގުތު އޮތީ ގްރޫޕް އެފްގެ ތިން ވަނާގަ އެވެ. ކާޔާ އޮތީ ގްރޫޕުގެ ފުލުގަ އެވެ.

ނިއު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 2-2 އިން އެއްވަރުކުރީ ސިންގަޕޫރުގެ ބެލަސްޓިއާ އެފްސީ ވާދަކޮށެވެ. އެމެޗު ކުޅުނީ މާލޭގައެވެ. ކާޔާ އެފްސީ ބަލިވީ ހޮންކޮންގެ ކިޗީ އަތުން 1-0 ލަނޑުންނެވެ.

ރަށުން ބޭރުގައި ކަޔާއާ ދެކޮޅަށް ނިއު އަންގާރަ ދުވަހު ނުކުންނައިރު، ނިއުގެ ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ)އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ޓީމާއެކު ނުދެއެވެ. ހޮކޭއަށް އަނިޔާވީ އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި މާލޭގައި ކުޅެނިކޮށެވެ.

ނިއުއިން ބުނެފައި ވަނީ ހޮކޭއަށް ލިބުނު އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަހަށް އޭނަ ކުޅުމާދުރުގައި ހުންނަން ޖެހިފައިވާ ކަމަށެވެ .