މެލޭޝިއާގައި މިހާރު ކުރިއަށްދާ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމް ތިން ވަނަ ހޯދައިފި އެވެ.
ގައުމީ ވޮލީ ޓީމް ތިން ވަނަ ހޯދީ މިއަދު މެލޭޝިއާ ގައުމީ ޓީމާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެނެނެވެ.
މިއަދުގެ މެޗުގެ ސެޓުތައް ރާއްޖެ ޓީމުން ގެންދިޔައީ 25-21، 27-25 އަދި 25-19 އިންނެވެ.
.
މި މުބާރާތަކީ ކުރިއަށް އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ރާއްޖޭން ކުޅޭ މުބާރާތެއް ކަމަށް ވޮލީ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މިމުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރޭގައި މެލޭޝިއާ އާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސްރީލަންކާ އާއި ހޮންކޮން އާއި ތައިލެންޑް އަދި ސިންގަޕޯ ހިމެނެއެވެ.
ރާއްޖޭގެ ފިރިހެން ވޮލީ ޓީމްވަނީ ބޭރުގެ މުބާރާތްތަކުގައި ފަހަކަށް އައިސް ރަނގަޅު ނަތީޖާ ތަކެއް ނެރެފައެވެ.