އަތޮޅުތަކުގެ ބާރުކެނޑިގެންދާފަދަ ބޮޑު އިސްލާހެއް ހިމަނައިގެން އެފްއޭއެމްގެ އަސާސީ ގަވައިދަށް އިސްލާހުތަކެއް މިއަދު ގެނެސްފައި ވުމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެކަމަށް ފާޑުކިޔައިފި އެވެ.

އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް އޭނާގެ އަމިއްލަ ފޭސްބުކްގައި ލިޔެފައިވަނީ މިއަދުގެ ނިންމުމާއެކު 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތްތައް ފެނަށްވެގެން ހިނގައްޖެކަމަށެވެ.

"ބުނެލަން އޮތީ އަތޮޅުތެރޭ ފުޓްބޯޅަ ކުރައަރާނީ އަތޮޅު ޓީމުތަކަށް ވޯޓު ހައްގު ލިބިގެން. އަނެއްކާ ވެސް އެފްއޭއެމަށް އަށް އަންނަ މެނޭޖްމަންޓެއް އޮންނަން ޖެހޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ މެނޭޖްމަންޓުގެ ޖީބުގައި،" މަރުޒޫގް އޭނާގެ އަމިއްލަ ފޭސްބުކްގައި ލިޔެފައިވެއެވެ.