އެސްޓީއޯއިން އޭސީ ބޮޑު ސޭލްގެ ނަމުގައި ޕްރޮމޯޝަން އެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ އިތުރުން އެސްޓީއޯ ރީޖަނަލް އައުޓްލެޓްތަކުގައެވެ.

އެސްޓީއޯއިން ބުނީ، ދިހަ ޕަސަންޓް އާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާ މި ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ އޭސީ އަކަށް ލަކީޑްރޯގައި ބައިވެރިވެވޭ ކޫޕަންއެއް ލިބިގެންދާނެ ކަމަށެވެ. އަދި ކޫޕަންތަކުގެ ގުރު ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގައި ކަމަށާއި ރީޖަނަލް އައުޓްލެޓްތަކުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުލާ، ވަރަށް އަގުހުރި އެއް އިނާމް ނެގުމަށްވަނީ ހަމަޖެހިފައި ކަމަށް ވެސް އެެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން ބުނީ، "އޭސީ ބޮޑު ސޭލް" ޕްރޮމޯޝަންގައި ހަތަރު ރޯޑްޝޯއެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ޕްރޮމޯޝަން ހިނގަމުންދާ ކޮންމެ މަހަކު މާލޭގެ ހަތަރު ހިސާބެއްގައި ދެރޯޑްޝޯ ކުރިއަށްދާނެ ކަަމަށެވެ. އަދި ރޯޑްޝޯގައި ބައިވެރި ވެވޭނީ އޭސީ ބޮޑު ސޭލް ބެކްޑްރޮޕް ކައިރީގައި ސެލްފީއެއް ނެގުމަށް ފަހު އެސްޓީއޯގެ މައި ފޭސްބުކް ޕޭޖް ޓެގްކުރުމަށް ފަހު އެވެ. އަދި ހަމަ އެދުވަހު ފޭސްބުކް އަށް އަޕްލޯޑު ކުރުމުން ތިންދުވަހުގެ ތެރޭގައި އެންމެ ގިނަ "ޝެއަރޒް" ލިބޭ ފޮޓޯގެ ވެރި ފަރާތަށް 9000 ބީޓީޔޫގެ އެސީއެއް ދިނުމަށްވަނީ ހަމަޖެހިފައި ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.