އެސްޓީއޯ ސުޕަމާޓް އިން ބާޒާރުގައި ވިއްކަމުންދާ ޑެންމާކްގެ މަޝްހޫރު ލަންޗޮން މީޓް ބްރޭންޑް، ރޮބާރޓް އަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ރޮބާރޓް ސިޓީ ސްނެކް ޕްރޮމޯޝަން" ރޭ ފަށައިފި އެވެ.

ސިޓީ ގާރޑަންގައި ރޭ ކުރިއަށް ގެންދިޔަ މިހަފްލާގައި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ރީޖަނަލް ސޭލްސް / ފުޑް އެންޑް ބެވަރޭޖަސް ޑިޕާރޓްމަންޓްގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން އަދި ސިޓީ ގާރޑަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފް އެވެ.

އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސިޓީ ގާރޑަންގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި އޯރޑަރ ކުރައްވާ ކޮންމެ ފަރީއްކުޅުއްވުމަކާއެކު މި ޕްރޮމޯޝަން އަށް ހާއްސަކޮށް ރޮބާރޓް ލަންޗޮން މީޓް އިން ތައްޔާރު ކުރައްވާފައިވާ "ރޮބާރޓް ސިޓީ ސްނެކް" އަކާއިއަދި ވައުޗާ އެއް ލިބެއެވެ. އަދި މި ވައުޗާ ހިއްޕަވައިގެން އެސްޓީއޯ ސުޕަމާޓްއިން ކުރައްވާ ކޮންމެ 200 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ރޮބާރޓް ލަންޗޮން މީޓް ދަޅެއް ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ރޮބާރޓް އަކި މިވަގުތު ބާޒާރުގައި ވިއްކަމުންދާ އެންމެ މަގުބޫލް ލަންޗޮން މީޓް ބްރޭންޑްއެވެ. ތަފާތު އެތައް ބާވަތެއްގެ ކާނާ ފަސޭހަ ކަމާއެކު ތައްޔާރު ކޮށްލެވޭ ރޮބާރޓް ލަންޗޮން މީޓްގެ ތެރޭގައި ޗިކަން، ބީފް އަދި ޓާރކީގެ ވައްތަރުތައް ހިމެނެއެވެ.