މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ދެ ވަނަ އެމްބީއޭ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަަަމަ ދެ މެޗު ޓީރެކްސް ސްޕޯޓްސް އެކަޑަމީ އާއި ދަ ގްރޭންޑް އަމިގޯސް ނިއު ޖެނެރާޝަން (ދަ ގޭންގް) ކާމިޔާބުކޮށް، މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

އަންހެން ޑިވިޝަންގެ ޖުމްލަ ހަތަރު ޓީމް ވާދަކުރާ މިމުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ފުރަތަމަ މެޗު ޓީރެކްސްއިން ކާމިޔާބުކުރީ ހަރިކޭން ބީސީއާ ވާދަކޮށް 63-36 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ ނަޝްފާ އާމިރާ (ނައްފަ) އެވެ. އަދި އިއްޔެ ކުޅުނު ދެ ވަނަ މެޗުން ދަ ގޭންގް ޓީމުން ކާމިޔާބުކުރީ މައްޗަންގޮޅީ ވިމެންސް ޔޫތު އެންޑް ސްޕޯޓްސް ކްލަބާ ބައްދަލުކޮށް 46-33 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަ ގޭންގުގެ އައިމިނަތު ޝިއުރާ އެވެ.