މިމަހުގެ އެއް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޗާންދަނީ މަގުގައި ހުންނަ ފިލާވޮށި ނަމަކަށްކިޔާ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތީގެ ތެރެއިން ގިނަ ޢަދަދެއްގެ ތަކެތި ހޯދައިފި އެވެ.
ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 25 އަހަރާއި 41 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
ފިލާވޮށި ފިހާރައިން ވައްކަންކޮށްފައިވަނީ ފިހާރައިގެ ދޮރަށް ގެއްލުންދިނުމަށްފަހު އެ ފިހާރައަށްވަދެގެންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް އިއްޔެ ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.