މާލޭގައި ދިވެއްސެއްގެ ބޮލަށް ވަޅިހަރާ ޒަހަމްކޮށްލައިފި އެވެ.

މިއަދު ހަވީރު ހިނގި މިހާދިސާގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫން ކަަމަށް ހޮސްޕިޓަލުން ބުނެ އެވެ.

"އަޅުގަނޑުމެން މިއަދުގެ ވަގުތެއްގައި އޭނާ ދޫކޮށްލާނަން އެހާ ސީރިއަސް އެއް ނޫން،" އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވި އެވެ.

މާރާމާރީ ހިންގާ އުމުރުން 25 އަހަރުގެ މީހެއްގެ ބޮލަށް ވަޅި ހަރާފައިވަނީ އަލިކިލޭގެފާނުމަގުގަ އެވެ.

ފުލުހުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ. އެކަމަކު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.