މާފަންނު މަދަރުސާގެ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މި ހަރަކާތްތައް ހިންގަން ހަވާލުވެ ހުންނެވި ކޯޑިނޭޓަރު ފާތިމަތު ޔޫސުފް ވިދާޅުވީ މި ހަރަކާތްތަކަކީ އެ ސްކޫލްގެ ފިރިހެން ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

"އެގޮތުން ކޮންމެ އަންގާރަ ދުވަހެއްގައި ސްކޫލް ގަޑިތަކުގައި މި ހަރަކާތްތައް ކުރިއަށް ގެންދާނެ،" ފާތިމަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ހަރަކަތެއްގެ ބޭނުމަކީ އެންމެ ތުއްތު އިރުއްސުރެ ފެށިގެން ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަމުގައި އަމިއްލައަށް އިސްނަގައި ދިމާވާ ކަންކަން ހައްލުކުރުމަށް އެހީތެރިވެ ދިނުން ކަމަށެވެ. އެގޮތުން ވިދާޅުވީ މި ހަރަކާތުގައި ސްކާފް އެޅުވުމާއި، ބޫޓުގެ ނާޑުވާ އެއްސުން ފަދަ ކުދިކުދި ކަންތައްތައް ދަސްކޮށްދޭނެ ކަމަަށެވެ.

"އަދި ތިމާއަށް ވުރެ ބޮޑެތި މީހުންނަަށް އިހުތިރާމް ކުރަން ދަސްކޮށްދިނުން ފަދަ ކަންކަން ވެސް ކުރިއަށް ގެންދާނެ،" ފާތިމަތު ވިދާޅުވި އެވެ.

މި ހަރަކާތުގައި މާފަންނު މަދަރުސާގެ ޔޫކޭޖީ ކުދިންގެ ތެރެއިން 90 ކުދިން ބައިވެރިވާ ކަމަށްވެސް އެސްކޫލުން މައުލޫމާތުދެ ވެ.