ކުރިން ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު ފުރުއްވި ހަސަން އަލީ ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

ހަސަން އެންމެ ފަހުން ހުންނެވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.

އަމިއްލަ ސަބަބުތަކަކާއި ގުޅިގެން ކަމަށް ވިދާޅުވެ ހަސަން މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ހަސަން އަލީ އައްޔަންކުރައްވާފައިވާ ކަން އިތުބާރު ހުރި ފަރާތަކުން ވަނީ ވީނިއުސް އަށް ޔަގީންކޮށްދެއްވާފަ އެވެ.