އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ މާޒިޔާއާ ދެކޮޅަށް ނިކުންނައިރު ދިމާވާނެ އެންމެ އުދަގޫ އަދި އެންމެ ބޮޑި އެއްމައްސަލައަކީ ހޫނު ގަދަވުން ކަމަށް މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ކޯޗު މާޔަން ސެކުލޯވްސްކީ ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މާދަމާ ހަވީރު ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗް ސެލޯވްސްކީ ބުނީ، މާޒިޔާއާ ދެކޮޅަށް ކުޅުމަކީ ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުން ފަދަ ކަމެއް ކަމަށާއި އެހެން ކަމުން މެޗް އެއްވެސް ގޮތަކަށް ފަސޭހަ ނުވާނެ ކަމަށެވެ.

"މެޗް އެއް ވެސް ގޮތަކަށް ފަސޭހައެއް ނުވާނެ. މާޒިޔާއަކީ ރާއްޖޭގެ ގައުމީ ޓީމް. އަހަރުމެން ޓީމަށް ދިމާވާނެ އެންމެ ބޮޑުއެއް މަސަލައަކީ ހޫނުގެ މައްސަލަ. އަނިޔާގެ މައްސަލައެއް ޓީމަކު ނެތް" މިޔަންމާގެ ޔަންގޮން ޔުނައިޓެޑުގެ ކޯޗު ބުންޏެވެ.

ޗު މާޔަން ސެކުލޯވްސްކީ ބުނީ މާޒިޔާއިން ވާދަވެރި މެޗުތަކެއް ނުކުޅެ މުބާރާތުގައި ކުޅޭއިރު އޭނާގެ ޓީމު ވަނީ ފާއިތުވެދިޔަ މަހެއްހާ ދުވަހު ގިނަ މެޗުތަކެއް ކުޅެފައިކަމަށާއި އޭގެ އެޑްވާންޓޭޖް ލިބޭނެ ކަމަށެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުން ޔަންގޮން ވަނީ 2-1 ލަނޑުން ސައުތު ޗައިނާ އަތުން މޮޅުވެފައެވެ.