ގޯލްޑެން ލޭންގެ ޗޮކްލެޓް ފިހާރަ "އީވެޑެލް" ހުޅުވައިފިއެވެ.

ޕޮލެންޑުގެ އީވެޑެލް ޗޮކްލެޓަށް ޚާއްސަކޮށްގެން ގޯލްޑެން ލޭންއިން ހުޅުވި ޝޯރޫމަކީ އީވެޑެލް ޗޮކްލެޓަކަށް ހާއްސަކޮށްގެން މާލޭގައި ހުޅުވި ފުރަތަމަ ފިހާރައެވެ.

އީ ވެޑެލްގެ ޝޯރޫމް ހުޅުވުމާއި ގުޅިގެން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރ އަބުދުﷲ ސަޢީދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ހުޅުވި ފިހާރައަށް ގިނަ އަދަދެއްގެ ކަސްޓަމަރުން ޒިޔާރަތްކުރަމުން ގެންދާކަމަށެވެ

މިހާރުވެސް އީވެޑެލް ޝޯ ރޫމުން ތިރީސް އައްބާވަތެއްގެ ޗޮކްލެޓް ލިބެން ހުންނާނެކަމަށާ ކުރިއަށް އޮތްތާ 50 ބާވަތުގެ ޗޮކްލެޓް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

"ހުކުރު ދުވަހު މި ހުޅުވީ. މިހާރުވެސް ކަސްޓަމަރުންގެ ތަރުހީބް ވަރަށް ބޮޑު. މިވަގުތު 38 ބާވަތެއްގެ ޗޮކްލެޓް ލިބެން ހުންނާނެ. ނަމަވެސް އަމާޒަކީ 50 ބާވަތުގެ ޗޮކްލެޓް މިތަނުން ލިބެން ހުރުން." ސައީދު ވިދާޅުވިއެވެ.