އަބްދުލްޣަފޫރު އަލީ (ގައްބެ) ކަޓަމަރާނެއްގައި ރާއްޖެ ވަށައި ބުރެއް ޖެހުމަށް ދެކެމުން ދިޔަ ހުވަފެން ހަގީގަތަކަށް ހަދައި އޭނާގެ ދަތުރު މިއަދު ނިންމާލައިފި އެވެ.

ށ. ފޭދޫއަށް އުފަން ގައްބެ މީގެ 38 ދުވަސް ކުރިން މިދޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖެ ވަށައި ބުރު ޖެހުމަށް ފުރީ މާލޭގެ އެއް ނަންބަރު ފާލަން ނުވަތަ އިއްޒުއްދީން ފާލަމާ ދިމާލުންނެވެ. ގައްބެގެ ދަތުރު މިއަދު ނިންމާލީ ވެސް އެތަނަށެވެ.