ދިވެހި ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ އަށް ކުންފުންޏެއް އުވާލުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނިންމައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަށް ކުންފުންޏެއް އުވާލަން ނިންމީ އެކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ނިންމަވާފައިވާތީ ކަމަށެވެ.

މި އިއުލާންގައި ބުނެފައިވަނީ ކުންފުންޏާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ކުންފުނިތައް އުވާލުމުގައި ލިކުއިޑޭޓަރެއްގެ ގޮތުގައި އެމަސައްކަތް ކުރުމަށް އެކްރޫޕްލަސް އެލްއެލްޕީއާ ހަވާލުކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމާފައިވާ ކަމަށެވެ.