އެންމެ ފަހުގެ ސަމްސަންގ ގެލެކްސީ "އެެސް 7 އެޖް" ފޯން ރާއްޖޭގެ ބާޒާރުގައި މިއަދު ވިއްކަން ފަށައިފި އެވެ.
މި ފޯނު ރާއްޖޭގައި އެންމެ ފުރަތަމަ މިއަދު ވިއްކަންފަށާފައި ވަނީ ޑްރީމްސް މޮބައިލް ފިހާރައިންނެވެ.
ޑްރީމްސް މޮބައިލް ފިހާރައިން ބުނީ، މި ފޯންތައް ރާއްޖެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މިފޯނަށްވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.