މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ އަގު ހެޔޮކޮށްފި އެވެ.

މޯލްޑިވް ގޭސް އިން މިއަދާ ހަމައަށް ކައްކާ ގޭސް ވިއްކަމުން ދިޔައީ 225 ރުފިޔާ އަށެވެ. ނަމަވެސް މިއަދުން ފެށިގެން ކައްކާ ގޭސް ފުޅިއެއް ވިއްކާނީ 210 ރުފިޔާ އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. މިއީ 15 ރުފިޔާގެ ހެޔޮވުމެކެވެ.

މޯލްޑިވް ގޭހުން ބުނީ މިއީ 2011 ވަނަ އަހަރުގެ ފަހުން އެކުންފުނިން ގޭހުގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މޯލްޑިވް ގޭހަކީ ސަރުކާރާ އާންމު ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އާއި ޗަމްޕާ ބްރަދާސް ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

މި ކުންފުނިން 2008 ވަނަ އަހަރު 215 ރުފިޔާ އަށް ވިއްކި ގޭސް ފުޅިއެއްގެ 185 ރުފިޔާއަށް ބޮޑުކުރުމަށްފަހު 2011 ވަނަ އަހަރު ގޭސް ފުޅިއެއްގެ އަގު ވަނީ 225 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.