ޕޮއިސް ސެންޓު ފިހާރައިން ފޮގް ބްރޭންޑުގެ މުޅިން އާ އުފެއްދުންތަކެއް ތައާރަފްކޮށްފި އެވެ.

ޕޮއިސް ފިހާރައިގައި މިރޭ ބޭއްވި ހަފްލާއެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ އެ ފިހާރައިގެ ވެރިޔާ އިލްޔާސް މުހައްމަދު އެވެ.

އިލްޔާސް ވިދާޅުވީ އަލަށް ތައާރްފްކުރީ ފޮގް ބްރޭންޑްގެ ހަތް ވައްތަރެއްގެ ސެންޓު ކަމަށެވެ. އެއީ ތިން އަންހެން ސެންޓާއި ފަސް ފިރިހެން ސެންޓެވެ.

އިލްޔާސް ވިދާޅުވި ރާއްޖެއަށް އަލަށް ތައާރަފްކުރި މި ސެންޓާ އެކީ ޕޮއިސް ފިިހާރައިން ޕޮއިސް ސެންޓުގެ އިތުރަށް ބޮޑީ ސްޕްރޭއާއި ފޮގް ބްރޭންޑްގެ ރޯލޯން ލިބޭނެ ކަމަށެވެ.

އަލަށް ތައާރަފްކުރެވުނު ސެންޓު ފުޅީގެ އަގަކީ 175 ރުފިޔާ އެވެ.

މި ރަސްމިއްޔާތުގައި މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޕޮއިސް ފިހާރައިގައި ބޭއްވި ބޮޑީ ސްޕްރޭ ޕްރޮމޯޝަންގެ ގުރުއަތު ނަގައި، ނަސީބުވެރި ފަރާތް ވެސް ވަނީ ހޮވާފައި އެވެ.

ފޮގްގެ ދެ ބޮޑީ ސްޕްރޭ ފުޅި ގަނެގެން ބައިވެރިވެވޭ ގޮތަށް ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި އެއްވަނައަށް ހޮވުނު ފަރާތަށް ވަނީ ސެމްސަންގް ރެފްރިޖަރޭޓަރެއް ލިބިފަ އެވެ. ދެވަނައަށް ހޮވުނު ފަރާތަށް ލިބުނީ ސެމްސަންގް ދޮންނަ މެޝިނެކެވެ. ތިންވަނަ ހޮވުނު ފަރާތަށް ސެމްސަންގް ގެލެކްސީ ޓެބެއް (ޓެބް 3 ފޯނެއް) ލިބިފައިވާއިރު ހަތަރުވަނައަށް ހޮވުނު ފަރާތަށް ލިބިފައިވަނީ ސެމްސަންގް ގެލެކްސީ އެސް ފަހެއް ފޯނެކެވެ.

ޕޮއިސްއަކީ ފޮގް ބްރޭންޑްގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

ޕޮއިސް ފިހާރައިން ބުނީ އެ ފިހާރައިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މަޖީދީމަގުގައި އިތުރު ފިހާރައެއް ހުޅުވުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ފޮގް ބްރޭންޑްގެ އުފެއްދުންތައް ޕޮއިސް ފިހާރައިން ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވެސް މިހާރު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.