ހއ. ބާރަށުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 63 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނެއްގެ އިތުރުން 51 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ، އެ ތިން މީހުންގެ ބަންދަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާފައި ވަނީ ހަތް ދުވަސް ކަމަށެވެ.

ބާރަށުގެ ހަ ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާއެކު އެތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.