މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ދޫކޮށްލައިފި އެވެ.

ފުލުހުން ޝިފާޒް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އޭނާއާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ކުރިމިނަލް ކޯޓް ކައިރިއަށް ވަޑައިގެން އެތަނުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޝިފާޒު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދިނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެެހެންކަމުން ފުލުހުން މިއަދު އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވުމުންނެވެ.

ޝިފާޒު ހައްޔަރުކުރުމުން އެމްޑީޕީއާއި އަދާލަތު ޕާޓީން ވަނީ އޭނާ ދޫކޮށްލުމަށް މީގެ ކުރިން ގޮވާލާފަ އެވެ.