ރާއްޖޭގެ ތިމާވެއްޓާއި ޒުވާނުންގެ ދުޅަހެޔޮކަމާއި، ކުޅިވަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ބައިކް މޯލްޑިވްސްގެ ހަރަކާތްތަކަށް އަހަރެއް ފުރުމާއި ގުޅިގެން މާދަމާ މާލޭގައި ބައިސްކަލް ބުރެއް ބާއްވަން ނިންމައިފި އެވެ.

މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ބީޗުން ހަވީރު 4:00 އިން 6:00 އަށެވެ.

ބައިކް މޯލްޑިވްސް އިން ބުނީ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން މާދަމާ ރޭ 8:30 ގައި ހިރިޔާ ސްކޫލުގައި ފަރިއްކޮޅެއް ބާއްވަން ވެސް ހަމަޖެހިފައިވާ ކަމަށާއި އެ ފަރިއްކޮޅު ހިނގަމުންދާއިރު ބައިކް މޯލްޑިވްސްއިން ފޮޓޯ މައުރަޒެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރަށް އެދުވަހާއި ގުޅުވައިގެން ހާއްސަ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ފަރިއްކޮޅުގެ ޓިކެޓެއް 100 ރުފިޔާއަށް ލިބޭއިރު ޓިކެޓް ވިއްކަން ހުންނާނީ "ކީބޫޓް" ފިހާރައިންނެވެ.