މިއަދު އެމްޑީޕީން ބޭއްވި މުޒާހަރާއަށް ފަހު ފުުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވީނިއުސްއަށް ވިދާޅުވީ މަހުލޫފް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ. އަދި މަހުލޫފް ހައްޔަރުކޮށްފައިވަނީ ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައިކަމަށެވެ.
"މަހުލޫފް ހައްޔަރުކުރީ މިއަދު ފުލުހަކަށް ހަމަލާދީގެން." މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
މަންޒަރުދުށް ބައެއް ފަރާތްތަކުން ބުނީ ފުލުހުން މަހުލޫފް ހައްޔަރުކޮށްފައިވަނީ މުޒާހަރާއަށްފަހް މިސްކިތަށް އަރާހުއްޓާކަމަށެވެ.