މާލެއާއި ހުޅުމަލެއާ ދެމެދު ދަތުރުކުރުމަށް އެމްޓީސީސީން އަލަށް ތައާރަފްކުރި އޭސީ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެމްޓީސީސީގެ މީޑިއާ ކޯޑިނޭޓަރ އައިޝަތު ރީމާ ވީނިއުސްއަށް ވިދާޅުވީ އޭސީ ފެރީގެ ހިދުމަތް މެދުކެނޑިފައިވަނީ އިއްޔެ ހަވީރު ފަސްގަޑި ފަންސާސް ފަހަކުން ފެށިގެން ކަމަށެވެ. އަދި އޭސީ ފެރީގެ ހިދުމަތް މެދުކެނޑިފައިވަނީ މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށް ވެސް ރީމާ ވިދާޅުވި އެވެ.
އޭސީގެ ފެރީ ހިދުމަތް މެދުކެނޑިފައިވީ ނަމަވެސް އެ މައްސަލަ ހައްލުކޮށް މިއަދު މެންދުރު ތިނެއްގެ ކުރިން އަލުން ދަތުރުތައް ފަށާނެކަމަށްވެސް ރީމަ ވިދާޅުވި އެވެ.
ޕްރިމިއަމް ލިންކުގެ ނަމުގައި އެމްޓީސީސީން އޭސީ ފެރީގެ ހިދުމަތް ތައާރަފް ކޮއްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.
އެމްޓީސީސީއިން މާލެއާއި ހުޅުމާލެ ދެމުދު ދަތުރުކުރާ އޭސީ ފެރީގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ އެވެ. 146 މީހުންގެ ޖާގައިގެ އޭސީ ދެ ފެރީ އިން މާލެއާ ހުޅުމާލެ އާ ދޭތެރޭ ކުރާ ދަތުރަކަށް ހޭދަވާނީ 15 މިނެޓްއެވެ.