ރާއްޖެއާއި ބެހޭގޮތުން ލިޔެފައިވާ ފޮތަކަށް އައިޓީބީގެ ބުކު އެވޯޑް ލިބިއްޖެއެވެ.

މިއެވޯޑް ލިބިފައި ވަނީ ޖަރުމަން ވިލާތުގެ ހީނާ ސްޓެޓްމަޔާރ ލިޔުއްވި ފޮތް "މަލެޑިވިއަން" މި ފޮތަށެވެ.

އެވޯޑް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ، ހެޑް އޮފް އައިޓީބީ ބާލިންގ، ޑޭވިސް ރީޓްސް އެވެ.

އައިޓީބީ ބުކް އެވޯޑްގައި އެއްވަނަ ފޮތުގެ މަޤާމާއި އެކު އައިޓީބީ ބުކް އެވޯޑް ލިބުނު ފޮތަކީ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖޭގައި ހުރި ފުރުޞަތުތަކާއި ރާއްޖޭގެ ރީތިކަމާއި ބެހޭގޮތުން ލިޔެފައިވާ ފޮތެކެވެ. މީގެ އިތުރުންވެސް އައިޓިބީ ބުކް އެވޯޑްގައި އެކި ކެޓަގަރިތަކުން އެވޯޑްލިބުނު ފޮތްތައް ހޮވައި އެފޮތްތައް ލިޔުއްވި ފަރާތްތަކާއި ވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

އެފަރާތްތަކަށްވެސް އެވޯޑްތައް ހަވާލުކޮށްދެއްވީ، ހެޑް އޮފް އައިޓީބީ ބާލިންގ، ޑޭވިސް ރީޓްސްއެވެ.

އައިޓީބީ ފެއާގައި ދުނިޔޭގެ 187 ޤައުމުން 1100އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ހުކުރު ދުވަހު ވަނީ ފެއާގެ ބިޒްނަސް ޓޯކްސްތައް ނިމިފައެވެ.