ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، މިރޭ 8:00 އިން މާދަމާ ރޭގެ 8:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު އުތުރުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އަދި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ގަޑިއަކު 3 މޭލާއި 10 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތް 24 ގަޑިއރުތެރޭ ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު، ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަަމށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.