ސެމްސަންގ އެންމެ ފަހުގެ ފޯން، ގެލެކްސީ އެެސް 7، އަދި އެސް 7 އެޖް ގަންނަން ބޭނުންވާ މީހުންނަށް ދިރާގުން ޕްރީ އޯޑަރ ނަގައިދޭން ފަށައިފި އެވެ.

ސެމްސަންގ އެންމެ ފަހުގެ ފޯން، ގެލެކްސީ އެެސް 7 އަދި އެސް 7އެޖް، ދުނިޔޭގެ ބާޒާރަށް ނެރެފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ދިރާގުން ބުނީ މި ފޯން ގަންނަން ބޭނުންވާ މީހުންނަށް ޕްރީ އޯޑަރ ނަގަން ފަށާފައިވާއިރު، ދިރާގުން މި ފޯން ވިއްކަން ފަށާނީ މިމަހުގެ 18ވަނަ ދުވަހު ކަމަށެވެ.

ދިރާގުން ބުނީ، މި ފޯން ގަންނައިރު އެއްފަހަރާ ފައިސާ ދެއްކުމަށް ބޭނުންނުވާ މީހުންނަށް އެފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އެގޮތުން އެސް 7، އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާ މީހުންނަށް މަހަކު 799ރ އަށް ޕްރީ އޯޑަރ ނަގައިދެވޭނެ ކަމަށެވެ. އަދި އެސް 7 އެޖް އަށް މަހަކު 949ރ ދައްކައިގެން އިންސްޓޯލްމަންޓަށް ނެގޭނެ ކަމަށެވެ.

މީގެ އިތުރަށް ޕްރީ އޯޑަރ ނެގުމަށް އެޑްވާންސްގެ ގޮތުގައި 2499ރ ދައްކަންޖެހޭ ގޮތަށް ދިރާގުން ވަނީ ނިންމާފަ އެވެ.

ސެމްސަންގ އެންމެ ފަހުގެ ފޯން، ގެލެކްސީ އެެސް 7 އަދި އެސް 7އެޖް އަކީ ވަރަށް ތުނި އަދި އެހާމެ ހިތްގައިމު ގޮތަކަށް ފަރުމާކޮށްފައިވާ ފޯނެކެވެ.