ލ. ކުނަހަންދޫ ފުއްޓަރުފަޅީގެ ގޮނޑުދޮށަށް ބޮޑު ކޯމަހެއް ލައްގާފައި އޮއްވާ ފެނިއްޖެ އެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން ކުނަހަންދޫ ކައުންސިލްގެ ނައިބް ރައީސް އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިރުގާމް ސައީދު (ލަރޭ) ވިދާޅުވީ ލައްގާފައި އޮއްވާ ފެނުނީ ކޯމަހުގެ ވައްތަރެއްގެ މަހެއް ކަމަށެވެ. އަދި އެމަސް ލައްގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އެމަހުގެ ބޮޑުމިނުގައި ގާތް ގަނޑަކަށް ހަތް ފޫޓް ހުރި ކަމަށް ލަރޭ ވިދާޅުވި އެވެ.