ހދ. ހަނިމަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ނައްތާލި ބަނގުރަލަކީ ތަފާތު އެކި މައްސަލަތަކުގައިޮ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ހިފެހެއްޓިފައި ހުރި ތަކެތި ކަމަށެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ ހދ. ހަނިމާދޫގައި ކަމަށެވެ.