މާލޭގައި ހުންނަ އދ.ގެ އިމާރާތުގެ ކައިރީގައި ބުރުޒު މަގުގައި ޕާކް ކޮށްފައި ހުރި ސައިކަލް ތަކެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ އދ. އިމާރާތުގެ ކައިރީގައި ހުރި ދެ ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމުގެ ފުލުހުންނަށް ލިބުނީ މިރޭ 12:45 ހާއިރު ކަމަށާ މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކު ވީނިއުސް އަށް މައުލޫމާތު ދެމުން ބުނީ އދ. އިމާރާތުގެ ކައިރީގައި ހުރި ވޭވް ސައިކަލަކާއި ޕަލްސާ ސައިކަލެއްގައި ރޯކޮށްލުމުން އެ ދެ ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި އަދު މި ދެ ސައިކަލް ކައިރީގައި ޕާކް ކޮށްފައި އޮތް ކާރަކަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ސައިކަލްތައް ހުރި ސަރަހައްދަކީ ސީސީޓީވީ ކެމަރާ ހުރި ސަރަހައްދެކެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެ އެވެ.