ވާހަކަ ލިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް "ވާހަކަ މައިޒާން"ގެ ނަމުގައި ކުރުވާހަކަ ލިޔުމުގެ މުބާރާތެއް ވީމީޑިއާ ގުރޫޕުން މިއަހަރުވެސް ހުޅުވާލައިފި އެވެ.

މި މުބާރަތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ވީމީޑިއާ ގުރޫޕުގެ ވީއޮންލައިން އިން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި ވާހަކަ ލިޔުމުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޯދާ ފަރާތްތަކަށް އަގުހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތަށް ފޮނުވާ ވާހަކަތަކަކީ މީގެ ކުރިން އެއްވެސް ގޮތަކުން ޝާއިއު ކުރެވިފައިވާ ވާހަކައަކަށް ވެގެން ނުވާނެ އެވެ. އަދި މިމުބާރާތަށް ފޮނުވާ ވާހަކަ ވާން ޖެހޭނީ އެ ވާހަކައެއް ފޮނުވި ފަރާތެއްގެ އަމިއްލަ އުފެއްދުމެއްގެ އިތުރުން ވީމީޑިއާ އިން އެ ވާހަކައެއް ބޭނުންކުރަންޖެހިއްޖެ ކޮންމެ ހާލަތެއްގައިވެސް ވީމީޑިއާ އަށް އެ ވާހަކައެއް ބޭނުންކުރުމުގެ ހައްގު ލިބިގެންވާ ވާހަކަ އަށެވެ. ވާހަކަ ފޮނުވާނީ އެޑިޓް ކުރެވޭ ވާހަކަ ލިޔާ ފައިލްގެ ސޮފްޓް ކޮޕީ އެވެ.

ވާހަކަ މައިޒާން މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެސްއެމްއެސް ކުރާނީ

VM [SPACE] NAME ADDRESS AGE [SEND[ 4888

މިގޮތަށެވެ.

މި މުބާރާތަށް ވާހަކަތައް ފޮނުވާނީ ވީއޮންލައިންގެ އީމެއިލް: [email protected] އަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެ އެސްއެމްއެސް ކުރާ ފަރާތްތަކަށް ވާހަކަ ފޮނުވަން ޖެހޭ އެންމެ ފަހު ތާރީހު، އަދި ވާހަކަ ލިޔަންވީ ގޮތުގެ ތަފްސީލްތައް ވީމީޑިއާ އިން އެފަރާތަކަށް ގުޅައި އެ މައުލޫމާތު ސާފުކޮށްދޭނެ އެވެ.

މިމުބުރާތް ސްޕޮންސަރ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ.