މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސްގެ މަގާމަށް މުހައްމަދު އަލީ ޖަނާހު އިންތިހާބުކޮށްފި އެވެ.
ޝީ ބިލްޑިންގައި ރޭ ބޭއްވި މަސީގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ ރައީސް ކަމުގެ މަގާމަށް ހަވަނަ ފަހަރަށް ޖަނާހު އިންތިހާބު ކޮށްފައިވަނީ 60 މެންބަރުންގެ ވޯޓުންނެވެ.
މި އިންތިހާބުގައި ޖަނާހުއާ ވާދަކުރެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު އެވެ. އޭނާ އަށް މި އިންތިހާބުގައި ލިބިވަޑައިގެންނެވީ 21 ވޯޓެވެ.
މި އިންތިހާބުގައި މަސީގެ ނައިބު ރައީސް ކަމުގެ މަގާމަށާއި ހިންގާ ކޮމެޓީގެ އެހެން މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބު ކޮށްފައިވެ އެވެ.