ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ވެރިކަމުގެ ތިން އަހަރު ނިމޭއިރު ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން 15.8 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ ރައީސް ޔާމިން މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައި ބައެއް ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތަކެއް ކުރެވޭ ކަމަށް ވިދާޅުވެފައިވާތީ އެރަށްތަކުގެ ތެރޭގައި އައްޑޫ މީދޫ ހިމެނޭތޯ ސާފުކުރެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރުކާރަކުން މިހާތަނަށް ތިމާވެށީގެ ދާއިރާގައި ކޮށްފައި ނުވާ ވަރުގެ ގިނަ މަސައްކަތްތަކެއް ރައީސް ޔާމިންގެ ސަރުކާރުން މިހާރުވެސް ކޮށްފައިވާ ކަމަށާއި އަދި ކުރަމުންވެސް ގެންދާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ 2015 ވަނަ އަހަރުގެ ނިޔަލަށް ރައީސް ޔާމިންގެ ސަރުކާރުން ހަތް ރަށެއްގެ 3.59 ކިލޯމީޓަރުގެ ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށް ނިންމާފައިވާ ކަމަށެވެ. އަދި 13 ރަށެއްގައި 6.7 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށާ އެމަޝްރޫއުތަކަށް 223 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން ހުޅުމާލޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 5.5 ކިލޯމީޓަރުގެ މަސައްކަތް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ. މިހުރިހާ މަޝްރޫއުތަކަކާއި އެކު ރައީސް ޔާމިންގެ ވެރިކަމުގެ ތިން އަަހަރުގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން 15.8 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއީ އެމްޑީޕީގެ ސަރުކާރުގައިވެސް އަދި ރާއްޖޭގައި މިހާތަނަށް އެއްވެސް ސަރުކާރެއްގައި ކުރެވުނު މަސައްކަތެއް ނޫން. އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އެމްޑީޕީގެ ސަރުކާރުގައި ތިން އަހަރުގެ މަސައްކަތުން ހަތް ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެކަނި ކުރެވިފައިވާ ކަންވެސް ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ރާއްޖޭގެ ތިމާވެށީގެ ދާއިރާގައި ކުރަން ހުރި ގިނަ މަސައްކަތްތައް ސަރުކާރުން ކުރަނީ ބޭރުގެ އެހީގައި ކަމަށްވާތީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ދާއިރާ ބޮއިކޮޓް ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ގެންދާތީއާއި ބޭރުން ރާއްޖެއަށް ލިބޭ އެހީ މަދުކުރުމަށް ބައެއް ދިވެހިން ބޭރު ދުނިޔޭގައި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިގެން ހިނގައިދާނެ ކަމަށެވެ. އަދި ވަަރަށް ކަންބޮޑުވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ވަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ރަށްތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފަ އެެވެ. އެގޮތުން ހިމެނެނީ ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. ބިލަތްފަހި، ބ. ތުޅާދޫ، ޅ. ކުރެންދޫ، ކ. ވިލިނގިލި، ކ. މާފުށި، އއ. އުކުޅަސް، މ. ނާލާފުށި، ދ. މާއެނބޫދޫ، ތ. ކަނޑޫދޫ، ތ. ވޭމަންޑޫ އަދި ގދ. ތިނަދޫގެ ބާރާސިލް ސަރަހައްދެވެ.

މީގެއިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ރަށްތަކުގެ މައުލޫމާތު ވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެެވެ. އެގޮތުން ހިމެނެނީ ހއ. ދިއްދޫ، ހދ. ހަނިމާދޫ، ށ. ފޮނަދޫ، ނ. ވެލިދޫ، ފ. ނިލަންދޫ، ތ. ގުރައިދޫ، ލ. ފުނަދޫ، ލ. ގަން، ގދ. ގައްދޫ، ގދ. މަޑަވެލި، ޏ. ފުވައްމުލަކު އަދި ސ. ހުޅުދޫ ހިމެނެ އެވެ.

މިނިސްޓަރު ތޯރިގު އިބްރާހިމް އިތުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަހަރު ކުރެވޭ ރަށްތަކުގެ ތެރޭގައި އައްޑޫ މީދޫ ނުހިމެނޭ ކަމަށެވެ. ނަމަވެސް މީދޫއާއި އެއްފަސްގަނޑަކަށް އޮތް ހުޅުދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރު ފެށޭއިރު އެމަސައްކަތުގައި ހިމެނޭ އެކިފިޔަވަހިތަކުގެ ދަށުން އައްޑޫ މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މީދޫ އަކީ ރަށް ގިރުމުގެ މަޝްރޫއަކީ އެއް މަޝްރޫއެއް. ފިޔަަވަހިތަކަކަށް ބަހާލައިގެން ކުރިއަށްދާނެ