މާލޭގައި ޕިއްޒާ ޑެލިވަރީ ކުރަމުންދިޔަ "ޕިއްޒާ ބޯނާ"ގެ ރެސްޓޯރަންޓެއް ހުޅުވައިފި އެވެ.
ޑައިން-އިން ރެސްޓޯރަންޓްގެ ނަމުގައި ރޭ މިތަން ހުޅުވައިދިނީ ދާދިފަހުން ކަޓަމަރާނެއްގައި ރާއްޖެ ވަށާ ބުރެއް ޖަހާ އެތައް ބައެއްގެ ލޯބި ހޯދާފައިވާ އަބްދުލްޣަފޫރު އަލީ (ގައްބެ) އެވެ.
މި ރެސްޓޯރަންޓް ހުޅުވާފައިވަނީ މަޖީދީމަގު ސޯސަންމަގާ ގުޅޭ ކަންމަތީގައި ހުންނަ ޖީކޭޓީ ފާމަސީއާ ޖެހިގެންނެވެ.
މިރެސްޓޯރަންޓްގެ ޑިރެކްޓަރު ހުސަައިން ހާލީ ވިދާޅުވީ އެފަރާތުން ކުރިން ޕިއްޒާ ޑެލިވަރީ ކުރާތީ ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ގޮތަށް ހިދުމަތް ނުދެވޭ ކަމަށެވެ. އެހެންވެ ރެސްޓޯރަންޓެއް ހުޅުވާ އެފަރާތުން ތައްޔާރުކުރާ ޕިއްޒާ ލިބޭނެ ގޮތް ހަމަޖެއްސީ ކަމުގައިވެސް ވިދާޅުވި އެވެ.