ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ، ހޯދަން އިއުލާން ކުރި މީހަކީ ބަނގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ބަހާރު، ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.