ދިރާގުން އަލަށް ޕޯސްޓްޕެއިޑް ނުވަތަ ޕްރިޕެއިޑް ސިމް ނަގާ މީހުންނަށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޭޕްރީލް މަހުގެ 30ގެ ނިޔަލަށެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ ދިރާގު ޕޯސްޕެއިޑް ސިމެއް އަލަށް ނަގާ މީހަކަށް ނަގާ ޕެކޭޖަކާއި ގުޅުވައިގެން ފަސް ޖީބީއާއި ހަމައަށް ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ.

ޕްރީޕެއިޑް ސިމް އަލަށް ނަގާ މީހުންނަށް ސިމް ނަގާ ދުވަހުން ފެށިގެން ހަމަސް ދުވަސް ވަންދެން ކޮންމެ މަހަކު 300 އެމްބީ ހިލޭ ލިބޭނެ ކަމަށް ވެސް އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން ތަފާތު ޕްރޮމޯޝަންތައް ފަށާފައިވާއިރު، މިހާރު ވަނީ ނަމްބަރު ބަދަލުނުކޮށް އޮޕަރޭޓަރު ބަދަލުކުރެވޭ ނަމްބަ ޕޯޓަބިލިޓީގެ ހިދުމަތް ވެސް ރާއްޖޭގައި ފަށާފަ އެވެ.